24 Apr 2021, 13:23
ފިޓްޒޯންއާ ގުޅިގެން ސަންއިން މި އަހަރުގެ ރޯދަމަހު ގެނެސްދޭ "ގެޓް އިން ދަ ޒޯން" ސީރީޒްއަކީ ގޭގައި ތިބެގެން ކޮށްލެވޭނެ ފަސޭހަ (އެކަމަކު ނަތީޖާ ނެރެވޭ ފަދަ) ކަސްރަތުތަކެއް ދައްކައިދޭ ސީރީޒެކެވެ. މި ސީރީޒްގައި މިހާތަނަށް ތަފާތު ފަސް ބާވަތެއްގެ ކަސްރަތުތަކެއް ދައްކައިދެވިފައި ވާނެއެވެ.
ގެޓް އިން ދަ ޒޯންގެ ހަވަނަ އެޕިސޯޑުގައި ފިޓްޒޯނުން ދައްކައިދޭނީ ގޭގައި ހުރެގެން ކުރެވޭނެ ކާޑިއޯ ކަސްރަތުތަކެއް ކުރާނެ ގޮތެކެވެ. ފިޓްޒޯނުގެ ޓްރެއިނާ މަރިޔަމް ސައީދާ މިއަދު ތަފާތު ފަސް ކަސްރަތެއް ކުރާނެ ގޮތް ދައްކައިދޭނެއެވެ.
ޓްރެއިނާ ބުނި ގޮތުގައި ކަސްރަތު ކުރާ އިރު ތިން ކަމަކަށް ސަމާލުވާން ޖެހެއެވެ. އެއީ ރަނގަޅަށް ނޭވާލުމާއި، ކަސްރަތުގައި ގެންނަންޖެހޭ ހަރަކާތްތައް ރަނގަޅަށް ގެނެސްގެން ކަސްރަތު ފުރިހަމަކުރުމަށާއި، ކަސްރަތު ކުރަމުންދާ ވަގުތު ބަނޑު ހިފެހެއްޓުމެވެ.
މިއަދު ދައްކައިދޭ ކަސްރަތުތަކަކީ:
- އިންޗް ވޯމް: 10-12 ރެޕް
- ބާރޕީ: 10-12 ރެޕް
- ސްކޭޓާ ލަންޖް: 10-12 ރެޕް
- މައިންޓަން ކްލައިމްބިން: 10-12 ރެޕް
- ޝޯލްޑާ ޓެޕް: 10-12 ރެޕް