29 Apr 2021, 12:55
މިއަދު ސަން ބަދިގޭގައި މި ތައްޔާރުކޮށްލަނީ ބަތް ނުވަތަ ރޮއްޓާއެކު ކާލެވޭނެ ފަސޭހަ ޑިޝް އެކެވެ.
ބޭނުންވާތަކެތި
- 180 ގްރާމް ބޯންލެސް ޗިކަން ހަތަރެސް ކަނަށް ކުދިކޮށް ކޮށާފައި
- ލުނބޯ ހުތް
- 1 މޭޒުމަތީ ސަމުސާ މުގުރި މިރުސް
- ތެޔޮ
- ރަހަލާވަރަށް ލޮނު
- 2 ކެޕްސިކަމް
- 1 ލީކްސް
- 1 ފިޔާ
- 1 ޓޮމާޓޯ
- 100 އެމްއެލް ޓޯމާޓޯ ޕޭސްޓް
- 1 މޭޒުމަތީ ސަމުސާ ޗިލީ ފްލޭކްސް
- 1 މޭޒުމަތީ ސަމުސާ ހަކުރު
- 1 މޭޒުމަތީ ސަމުސާ ބަޓަރު
ތައްޔާރު ކުރާނެ ގޮތް
ކޮށާފައި ހުރި ކުކުޅު ކޮޅުގެ ތެރެއަށް ލޮނާއި މުގުރި މިރުސް އަދި ލުނބޯ ހިތް ފިތާށެވެ. ދެން އެ ކުކުޅު ކޮޅު ތެލުލާލާށެވެ.
ތަވައަކަށް ބަޓަރުކޮޅު ލާ ހޫނުކޮށްލާށެވެ. ދެން އޭގެ ތެރެއަށް ތަރުކާރީތައް އަޅައި ރަނގަޅަށް މަޑުކޮށްލާށެވެ. ދެން ޗިލީ ފްލޭކްސް އާއި ޓޮމާޓޯ ސޯސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ހަކުރު ކޮޅާއި ލޮނާއި އަސޭމިރުސް އަޅާލާށެވެ. އެންމެ ފަހުން ކުކުޅު ކޮޅު އެއްކޮށްލުމަށް ފަހު ރަނގަޅަށް އެއްކޮށް ލީމާ އެ ނިމުނީ އެވެ.
ބަތާއި ރޮށި ނުވަތަ ފަރާޓާއާއެކު ވެސް މި ކާލެވިދާނެ އެވެ.
ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު
މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ