ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ހއ. ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ދިއްދޫ ކައުންސިލް މެމްބަރު މޫސާ ލަތީފް "ސަން"އަށް ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ ރޯގާގެ އަލާމާތް ހުރެގެން އިއްޔެ ހަވީރު ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށެވެ.

ރޯގާގެ އަލާމާތް ހުރެގެން ސާމްޕަލް ނެގި ކަމަށާއި މިއަދު ނަތީޖާ ލިބުނުއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒުވާން އުމުރުގެ ކުއްޖެއް އެއީ. އެއް ގޮތަކަށްވެސް މާލޭ ދިޔަ ފަރާތެއްވެސް ނޫން." އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ކޭސްތައް ފެނިގެން ދިއްދޫއާއެކު ޖުމުލަ 22 ރަށެއް މިހާރު އޮތީ މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ.

އިއްޔެއާ ހަމައަށް ރާއްޖެއިން 29،835 މީހުން ވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފަ އެވެ.