10 May 2021, 16:32
ޓްރީ ޓޮޕް ހޮސްޕިޓަލުން "ކޮވިޑް19 ކެއާ ޕެކޭޖު"ގެ ނަމުގައި ހާއްސަ ހެލްތު ސްކްރީނިން ޕެކޭޖެއް ތައާރަފްކޮށް، ހިދުމަތް ދޭން ފަށައިފި އެވެ.
ކޮވިޑް19 ހެލްތު ސްކްރީނިން ޕެކޭޖަކީ ކޮވިޑް19 ޖެހިފައިވާ ފަރާތްތަކުގެ ސިއްހީ ހާލަތުގެ އޯވައޯލް އެސެސްމަންޓެއް ހެދުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ. އަދި މިއީ ކޮވިޑް19 ޖެހުމަށްފަހު އަމިއްލަ ސިއްހަތުގެ މައްސަލަތައް ބަލައި ތަހުގީގުކޮށް އަދި ރީހެބިލިޓޭޝަންގެ އެހީ ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕެކޭޖެކެވެ.
ކޮވިޑް19 ކެއާގެ މައިގަނޑު ދެ ޕެކޭޖެއް ހިމެނެ އެވެ. އެއީ ސްޓޭންޑާޑު ޕެކޭޖް އަދި ކޮންޕްރީހެންސިވް ޕެކޭޖެވެ. މި ޕެކޭޖުތަކަށް ބުކިން ހެއްދޭނީ ކޮވިޑް19 ޖެހުނުތާ މަދުވެގެން ދެ ހަފްތާ ހަމަވުމަށްފަހު އެވެ.
ސްޓޭންޑާޑު ޕެކޭޖު ހާއްސަކޮށްފައިވަނީ ކޮވިޑް19 ޖެހުނު ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ގައިން ފެނިފައި ނުވާ ފަރާތްތަކަށެވެ. އަދި ކޮންޕްރީހެންސިވް ޕެކޭޖެ ހާއްސަކޮށްފައިވަނީ ކޮވިޑް19 ޖެހި އަދި ހަށިގަނޑުން ބަލީގެ އަލާމަތްތައް ފެނިފައިވާ ފަރާތްތަކަށެވެ.
މި ޕެކޭޖްގެ ތެރެއިން ހަދާ ޑައިގޮނޮސްޓިކް ޓެސްޓުތަކުގެ ތެރޭގައި ލޭގެ ލެބް އިންވެސްޓިގޭޝަން، ސްޕައިރޯމެޓްރީ، އީސީޖީ، ޗެސްޓް އެކްސްރޭ އަދި ވައިޓަލްސް ޗެކްކުރުން ފަދަ ޓެސްޓުތައް ހިމެނެ އެވެ. އަދި ފުރަތަމަ ޑޮކްޓަރުގެ އެސެސްމަންޓަށް ބެލުމަށްފަހު އިތުރު ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ރިފަރެލް ހަމަޖެހިގެންދާނެ އެވެ.
އެގޮތުން ހިތުގެ ހާއްސަ ޑޮކްޓަރުން، ފުއްޕާމޭގެ ހާއްސަ ޑޮކްޓަރުން ނުވަތަ އެތެރެހަށީގެ ހާއްސަ ޑޮކްޓަރުނަށް ދެއްކުމަށް ތިން ދުވަހުގެ މުއްދަތަކަށް ހުޅުވާލާފައިވާ ސްޕެޝަލިސްޓް ރިފަރެލެއް ލިބޭނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތްތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ އެވެ.
އިތުރު މައުލޫމާތު ޓްރީ ޓޮޕްގެ ނަންބަރު 3351610 އަށް ގުޅައިގެން ނުވަތަ[email protected]އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.