28 May 2021, 22:29
ރާއްޖެއިން މިއަދު 901 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 468 މީހުންނާއި އަތޮޅުތަކުން 417 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 11 މީހުންނާއި ތަރައްގީކުރަމުންދާ ރަށްރަށުން ހަތަރު މީހުންގެ އިތުރުން ސިނާއީ ރަށްރަށުން އެކަކު ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 61،844އަށް ވަނީ އަރާފަ އެވެ.
މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު 24،818އަށް އަރާފައިވާއިރު، އޭގެ ތެރެއިން 252 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.
މިއަދު ބަލިން ރަނގަޅުފައިވަނީ 1،497 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 36،862 އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 155 މީހުންނެވެ.
އިއްޔެއާ ހަމައަށް ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 308،905 މީހުންނެވެ. އަދި އޭގެ ތެރެއިން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވަނީ 163،789 މީހުންނެވެ.