ރާއްޖެއިން މިއަދު އިތުރު 704 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން 407 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން 271 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 18 މީހުންނެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 65،868އަށް ވަނީ އަރާފަ އެވެ. މިވަގުތު ބަލި ޖެހިފައިތިބި 23،909 މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާދެމުންދާ މީހުންގެ އަދަދަކީ 197 އެވެ.

މިއަދު ބަލިން ރަނގަޅުވެފައިވަނީ 828 މީހުންނެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 41،779 އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 171 މީހުން ވަނީ މަރުވެފަ އެވެ.

މިއަދު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ މާލޭ ސަރަހައްދުން 46 މީހުންނާއި އަތޮޅުތަކުން 200 މީހުންނެވެ. އަދި ދެވަނަ ޑޯޒު ޖެހީ މާލެ ސަރަހައްދުން 246 މީހުންނާއި އަތޮޅުތަކުން 886 މީހުންނެވެ.

މިއަދާ ހަމައަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 310،405 މީހުންނެވެ. އަދި އޭގެ ތެރެއިން ދެ ޑޯޒު ފުރިހަމަކޮށްފައިވަނީ 168،889 މީހުންނެވެ.