08 Jun 2021, 14:04
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވާނީ މިއަދު ހަވީރު 16:30 ގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ބަލި ކޮންޓްރޯލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވި އެވެ.
ރައީސް ސޯލިހު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.
އެ ދުވަހު ވެސް ރައީސް ވަނީ ކޮވިޑު ކޮންޓްރޯލުކޮށް ބަލިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ.
ކޮވިޑް ކޮންޓްރޯލު ކުރުމަށް މާލޭގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. އެގޮތުން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ބޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތް އޮތުމާއި ހުއްދައިގެ ދަށުން ނޫނީ އެނޫން ވަގުތުގައި ބޭޭރަށް ނިކުމެ އުޅުން މަނާކޮށްފައި އޮތް އޮތުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ.