25 Jun 2021, 20:23
ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ޏ އަދި ސ. އަތޮޅު ހިމެނޭ ދެކުނު ޕޮލިސް ޑިވިޝަނުން ދަނީ އުމުރުން އަށް އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުންނެވެ.
މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މި މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.