17 Jul 2021, 22:17
ރާއްޖެއިން މިއަދު އިތުރު 80 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 16 މީހުންނާއި އަތޮޅުތަކުން 56 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްބި އަށް މީހުން ކަމަށެވެ.
ސަފާރީތަކުންނާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށްތަކުން މިއަދު އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 75،816 އަށް އަރާފައެވެ.
މިވަގުތު ބަލި ޖެހިފައިތިބި 2،516 މީހުންގެ ތެރެއިން 23 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓުކޮށްގެންނެވެ. މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 73،072 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 216 މީހުން ވަނީ މަރުވެފަ އެވެ.