ރާއްޖޭގައި ކޮވިޑު-19 ބަލީގައި 91 އަހަރުގެ އަންހެނެއް މަރުވެއްޖެއެވެ.

މި މީހާ މަރުވެފައިވަނީ ރޭ ދަންވަރު 01:05 ހާއިރުކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މީހާއަކީ ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދިޔަ މީހެކެވެ.

މި މަރާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 217 އަށް މައްޗަށް އަރާފައެވެ.

އަދި މިއީ މި ހިނގާ ޖުލައި މަހުގެ ތެރޭގައި ކޮވިޑް19 ޖެހިގެން މަރުވި ހަތްވަނަ މީހާއެވެ.