މިއަދު މުޅި ރާއްޖެއިން ޖުމްލަ 98 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 5744 ސާމްޕަލް ނަގާފައި ވާއިރު، މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 26 މީހުންނެވެ. އަދި އަތޮޅު ތެރެއިން 55 މީހުން ޕޮޒިޓިވް ވެފައި ވާއިރު ރިސޯޓުތަކުން 17 މީހަކު ވަނީ ޕޮޒިޓިވެ ވެފައެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 76،848 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،597 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 13 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 74،020 އެވެ. ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް 219 މީހުން ވަނީ މަރުވެފަ އެވެ.