10 Aug 2021, 15:07
މަސްތުގެ ހާލުގައި ހުރެ ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް ދިހަ ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރެއްގެ ފުރާނައަށް ނުރައްކާވާފަދަ އަމަލެއް ރޭ ހިންގި ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި އޭނާގެ ބަންދަށް މިހާރު 10 ދުވަސް ޖަހާފައިވާކަމަށެވެ.
"މިހާރު އޭނާގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައި،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ އިންޑިއާގެ ފިރިހެނެކެވެ.
"އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު މަސްތުގެހާލަތުގައި ހުރިކަން ވަނީ ފާހަގަ ކުރެވިފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން މިހާރު ތަހްގީގު ކުރަމުންދާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.