ސޮނީ ޗެނަލް އިން ދައްކާ ގޭމް ޝޯ، ކޯން ބަނޭގާ ކްރޯރްޕަތީ (ކޭބީސީ)ގެ 13 ވަނަ ސީޒަން މި މަހު ދައްކާ ގޮތަށް ނިންމައިފި އެވެ.

މި މަހު 23 ވަނަ ދުވަހު ފަށާ މި ޝޯ ގެނެސްދޭނީ ކޮންމެ ހޯމަ އިން ފެށިގެން ހުކުރު ދުވަހާ ހަމައަށެވެ. އެއީ ރާއްޖެ ގަޑިން 20:30 ގައެވެ.

ކޭބީސީއަކީ އެ ޝޯގައި ކުރެވޭ ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބު ދީގެން މިލިއަނަރަކަށް ވުމުގެ ފުރުސަތު ލިބޭ ޝޯއެކެވެ.

ދެހާސް ވަނަ އަހަރު ޝޯގެ ފުރަތަމަ ސީޒަން ވެސް ހޯސްޓު ކުރީ އަމީތާބެވެ. އަދި އަމީތާބު ވަނީ އެންމެ ސީޒަނެއް ފިޔަވައި، ކޭބީސީގެ ހުރިހާ ސީޒަނެއް ހުށަހަޅައިދީފަ އެވެ. ކޭބީސީ 3 ހުށަހަޅައި ދިނީ ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން އެވެ.