ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހު ތ. އަތޮޅުގެ ޖުމްލަ ހަތް ރަށަކަށް ދަތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެ ރަށްތަކަކީ ތިމަރަފުށި، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ، އަދި ކަނޑޫދޫ ގެ އިތުރުން ގާދިއްފުށްޓެވެ. ރައީސް ސޯލިހު މި ދަތުރުފުޅުގައި ޒިޔާރަތް ނުކުރައްވާނެ ރަށްތަކަކީ ދިޔަމިގިލި، ހިރިލަންދޫ، ގުރައިދޫ، މަޑިފުށި، ވިލުފުށި، ބުރުނީއެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ރައީސް ސޯލިހު ވަނީ ރަސްމީ ދަތުރުފުޅެއްގައި ހދ. އަތޮޅުގެ ތިން ރަށަކަށް ވެސް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ރައީސް ވަނީ ކުޅުދުއްފުށީ ސިޓީ، ހދ. ކުމުންދޫ އަދި ހދ. ހަނިމާދުއަށް ވަޑައިގެންފައެވެ.