18 Aug 2021, 11:56
ސޮނީ ޓީވީއިން ގެނެސްދެމުން އަންނަ ޑާންސް ޝޯ "ސުޕަ ޑާންސާ 4" ވަނަ ސީޒަންގެ ސްޓޭޖަށް އެ ޝޯގެ ޖަޖު ޝިލްޕާ ޝެޓީ އަތުވެއްޖެއެވެ.
ބަރަހަނާ ފިލްމުތަކެއް ހަދައި އެ އެއްޗެހި މޮބައިލް އެޕްއެއްގައި ލީކު ކޮށްލި ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ބެދުނު ހިސާބުން ޝިލްޕާ ވަނީ ސޯޝަލް މީޑިއާ އިން ބްރޭކެއް ނަގާފައެވެ. އަދި އޭނާ ވަނީ އެ ޝޯ ވަގުތީ ގޮތުން ދޫކޮށްލާފައެވެ. ޝިލްޕާ ނެތްތަން ފޫބެއްދީ ބޮލީވުޑްގެ ބަތަލާ ކަރިޝްމާ ކަޕޫރެވެ.
އެ ޝޯގެ ޕްރޮޑިއުސަރު ރަންޖީތު ތާކޫރު ބުނީ ސުޕަ ޑާންސާގެ ސެޓަށް ޝިލްޕާ ހާޒިރުވި ކަމަށާއި އޭނާއަކީ އެ ޝޯގެ ޖަޖު ކަމަށެވެ. އަދި ޝިލްޕާ މިފަހަރު އެއައީ މަޑުކުރަން ކަމަށެވެ.
މިފަހަރުވެސް ސުޕަ ޑާންސާގެ ޖަޖުންގެ ގޮތުގައި ފެނިގެންދަނީ ކަޕޫރާއި އަނޫރާގު ބާސޫއެވެ. ސުޕަ ޑާންސާ ޗެޕްޓާ 4 ގެ ހޯސްޓުންގެ ގޮތުގައި ފެންނާނީ ޕަރީތޯޝް ތުރިޕާތީ ނުވަތަ މާމާޖީގެ އިތުރުން ރިތުވިކް ދަންޖާނީ އެވެ.