މާވެލް ސްޓޫޑިއޯގެ ކުރިއަށް އޮތް ފިލްމު "ބްލެކް ވިޑޯ" އިންޑިއާގައި ރިލީޒްކުރާ ތާރީހު ހާމަކޮށްފިއެވެ.

ކޮރޯނާވައިރަސްގެ ސަބަބުން މި ފިލްމު ރިލީޒްކުރުން ފަސްކުރިއިރު މިހާރު މި ފިލްމު ރިލީޒްކުރަން ތާވަލްކޮށްފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުއެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާގައި މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމުގައި ބްލެކް ވިޑޯގެ ރޯލު ކުޅެނީ ސްކާލޮޓް ޖޯންސަން އެވެ.

ސްކާލެޓް ޖޮހޭންސަންގެ އިތުރުން މި ފިލްމުން ފެނިގެންދާނީ ރޭޗަލް ވިޒް، ޑޭވިޑް ހާބަރ އަދި ފްލޮރޭންސް ޕަގްއެވެ.

މި ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު ކްރިޓީކުންގެ ވެސް ބޮޑު ތަރުހީބެއް ވަނީ މި ފިލްމަށް ލިބިފައެވެ.