ދިރާގުން "ސަޅި ޕްރިޕެއިޑް" ގެ ނަމުގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް އާ ޕްރީޕެއިޑް ޕްލޭނެއް ތައާރަފްކޮށްފިއެވެ.

މި ޕްރީޕެއިޑް ޕްލޭނަކީ ޑެއިލީ ކޮށް ރިފްރެޝް ވާގޮތަށް ފަރުމާ ކޮށްގެން ތައާރަފްކޮށްފައިވާ ޕްލޭނެކެވެ.

މި ޕްރިޕެއިޑް ޕްލޭނުގެ ތެރޭގައި "ސަޅި ވީކްލީ"، "ސަޅި ޓޫ ވީކްސް" އަދި "ސަޅި މަންތްލީ" ޕްލޭންތަކެއް ހިމެނެއެވެ.

އަދި މި ޕްލޭނުގެ އެންމެ ސަޅި އެއް ފީޗާ ކަމަށް ޑެއިލީކޮށް ލިބޭ އެއް ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެލަވެންސް ލިބުން ކަމުގައި ދިރާގުން ފާހަގަކުރެވެއެވެ.

މިހާރު ގިނަ ކަންތައްތައް ކުރަނީ ސޯޝަލް މީޑިއާ ބޭނުންކޮށްގެން ކަމަށް ވުމުން މި ޕްލޭނާއެކީ ލިބޭ ސޯޝަލް މީޑިއާ އެލަވެންސްއަކީ ކަސްޓަމަރުންނަށް ވަރަށް ބޭނުން ހިފޭނެ އެއްޗެއްކަމަށް ގަބޫލުކުރާކަމަށް ދިރާގުން ބުންޏެވެ.

އަދި މި ޕްލޭނުގެ ދަށުން ފުރަތަމަ ފަހަރަށް ދިރާގުގެ ޕްރިފެއިޑް ކަސްޓަމަރުންނަށް އަންލިމިޓެޑް ވޮއިސް ކޯލްސް ދިރާގުގެ ނަންބަރުތަކަށް ގުޅާލުމަށް ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްލޭންތައް ތައާރަފް ކުރުމާއެކު ދިރާގުން ވަރަށް ހާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށް އެބަގެންދެއެވެ.

މިޕްރޮމޯޝަންގެ ތެރޭގަ "ސަޅި ވީކްލީ" އެކްޓިވޭޓު ކުރައްވާގެން ހަތް ދުވަހުގެ މުއަދަތަށް 16 ޖީބީ އެންމެ 145 ރުފިޔާއަށް ލިބެއެވެ.

އަދި "ސަޅި ޓޫވީކްސް" އެކްޓިވޭޓް ކުރައްވާގެން 14 ދުވަހުގެ މުއްދަތަށް 31 ޖީބީ 225 ރުފިޔާއަށް ލިބެއެވެ.

މި ޕްރޮމޯޝަންގެ 12 ސެޕްޓެމްބަރާއި ހަމަޔަށް ކުރިއަށް ދާނެއެވެ.

"ސަޅި ޕްރިޕެއިޑް" ޕްލޭން އެކްޓިވޭޓު ކުރަން ބޭނުންވާ ފަރާތްތަކުން ދިރާގުގެ މޯބައިލް އެޕް މެދުވެރިކޮށް މި ޕްލޭން އެކްޓިވޭޓް ކުރެވެއެވެ.

އަދި އެސްއެމްއެސް މެދުވެރިކޮށް 343 އަށް KEYWORD ޖެއްސުމަށް ފަހު ފުނުވައިގެން ނުވަތަ #123* ޖައްސައިގެންވެސް އެކްޓިވޭޓް ކުރެވޭނެއެވެ.

ދިރާގުން އެކި އެކި ހިދުމަތް ތަކަކަށް ގެންނަ ބަދަލުތަކަކީ ޑީޖިޓަލް ރާއްޖެއަކަށް ނުވަތަ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ގެނެވޭ ބަދަލު ތަކެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ދަނީ އަބަދުވެސް ކަސްޓަމަރުން އެންމެ ބޭނުންވާ ޕްލޭންތަކާ ބޭހޭގޮތުން މާކެޓު ރީސާޗް ކުރަމުން ކަމަށާއި މިވަގުތު ކަސްޓަމަރުން އެންމެ ބޭނުންވަނީ ޑެއިލީ ރިފްރެޝް ކުރެވޭ ޕްލޭނެއް ކަމަށް ދިރާގުން ބުންޏެވެ.

"ސަޅި ޕްރިޕެއިޑް" ޑޭޓާ ޕްލެނުގެ ދަށުން ކަސްޓަމަރުންނަށް މިއަދު ޑޭޓާ ހުސްވިކަމުގައި ވިޔަސް މާދަމާ އެ ރިފްރެޝް ވެގެންދާނެ ކަމުގެ ޔަގީންކަން ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

އަދި މި ޑޭޓާ ޕްލޭނަކީ މިވަގުތު މާކެޓުން ލިބެން ހުންނާނެ އެންމެ އަގު ހެޔޮ ޕްރިޕެއިޑް ޕްލޭން ކަމަށް ދިރާގުން ބުންޏެވެ.