28 Aug 2021, 13:02
މީހުން ބިނާ ކުރުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ކޮންސްޓެންސް ރިޒޯޓްސްއާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ. އަދި ކޮންސްޓަންސް ރިސޯޓްސްގެ ފަރާތުން ސޮއިކުރެއްވީ، ކޮންސްޓަންސް މޫފުށީގެ ޖެނެރަލް މެނޭޖަރު އޮންރީ އާނަލްފީ އާއި ކޮންސްޓަންސް ހަލަވެލީގެ ޖެނެރަލް މެނޭޖަރު ޓެންޖީ ލެގްރޭންޑެވެ.
އެމްއެންޔޫގެ ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ފެކަލްޓީގެ ޑީން ޒީނަތު ސޯލިހް ވިދާޅުވީ ކޮންސްޓެންސް ރިޒޯޓްސްއާ އެކު ހަދާފައި ވަނީ ދެ އަހަރުގެ މުއްދަތަކަށް ދެމިގެންދާ އެއްބަސްވުމެއް ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ޓޫރިޒަމް ފެކަލްޓީގެ ދަރިވަރުންނަށް ކޮންސްޓެންސް މޫފުށި އާއި ކޮންސްޓެންސް ހަލަވެލިން އިންޓާންޝިޕް ފުރުސަތުތައް ލިބިގެންދާނެއެވެ. އެ އިންޓާންޝިޕްތައް ލިބޭނީ ފުޑް ޕްރޮޑަކްޝަން އާއި ފުޑް ސާވިސް އާއި ހައުސްކީޕިން އާއި ފްރޮންޓް އޮފީސް ދާއިރާތަކުންނެވެ.
ނަމަވެސް މުސްތަގުބަލުގައި އިތުރު ދާއިރާތަކުން އިންޓާންޝިޕް ފުރުސަތުތައް ފަހިކޮށްދީ، ދަރިވަރުންނަށް ތަޖުރިބާ ހޯދޭނެ ދާއިރާތައް އިތުރު ކުރާނެ ކަމަށް ޒީނަތު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންސްޓެންސް ރިޒޯޓުތަކުގައި އިންޓާންޝިޕް ހަދާ ބައެއް ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ލިބޭނެކަން ޒީނަތު ފާހަގަ ކުރެއްވިއެވެ. އަދި ހުރިހާ ކުދިންނަށް އިންޓާންޝިޕް ފުރިހަމަ ކުރި ކަމުގެ ލިޔުން ދޭނެ ކަމަށް ވިދާޅުވިއެވެ.