އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގެ ތެރޭގައި ހުރި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފިއެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިރޭ 19:30ހާއިރުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އަނިޔާ ލިބިފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް މިވަގުތު ފަރުވާ ދެމުން ގެންދަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭގެ ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މި މައްސަ ފުލުހުން ގެންދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.