06 Sep 2021, 07:40
އިއްޔެ އުމުރުން 45 އަހަރު ފުރުނު ޕަންކާޖް ޓްރިޕަތީ އަކީ އިންޑިއާގެ އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ މަޝްހޫރު ފިލްމު ކުޅުންތެރިއެކެވެ.
ޕަންކާޖު އިއްޔެގެ ވަގުތެއްގައި އީ ޓައިމްސްގައި ވާހަކަދައްކަމުން ބުނެފައިވަނީ އެހެން ފިލްމީތަރިން ކޮވިޑްގެ ހާލަތުގައި ފިލްމުގެ ޕްރޮޖެކްޓް ނުފެށިގެން އުޅޭއިރު، އޭނާ 6 ފިލުމަށްވުރެ ގިނަ ފިލްމު ޕްރޮޖެކްޓު ނިންމާ ފިލްމުތައް ނެރެފައިވާނެ ކަމަށެވެ. އަދި އޭނާއަކީ ލޮކްޑައުންގައި އެންމެ ގިނަ ފިލްމުގައި މަސައްކަތްކުރި ފަންނާނު ކަމަށެވެ. އަދި އޭނާ ވަނީ އޭނާ އަމިއްލަ ނަފްސަށް ތައުރީފްކޮށް، އޭނާ އަކީ "ލޮކްޑައުންގެ ހީރޯ" ކަމަށް ބުނެފައެވެ.

ޕަންކާޖު ޓްރިޕަތީ
ލޮކްޑައުންގައި ނެރެފައިވާ އޭނާގެ ފިލްމުތަކުގެ ތެރޭގައި މަޝްހޫރު ގުންޖަން ސަކްސޭނާ ހިމެނެއެވެ.
މީގެ އިތުރުން ދަ ކާގިލް ގާލް، ލޫޑޯ އަދި ކާގަޒް ކަހަލަ ފިލްމުތަކަކީ މި ލޮކްޑައުންގައި އެންމެ ބޮޑަށް މީހުން ބަލައި އުޅުނު ފިލްމުތަކެވެ.
ޕަންކާޖަކީ އަންނަ އަހަރާ ހަމައަށް މިހާރުވެސް ފިލްމު ކުޅެން ބުކް ކޮށްފައިވާ ތަރިއެކެވެ. އަދި އޭނާ އަކީ އެހެން މީހުން ބަލައިގަންނާނެ ހުނަރުން ފުރިގެންވާ ތަރިއެކެވެ.