ދޮންކޭލަކީ ވިޓަމިނާއި މެނެރަލްސް އެކުލެވިގެންވާ ހަށިގަނޑަށް ފައިދާ ހުރި މޭވާއެކެވެ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އެންމެ ގިނައިން މީހުން ކައިއުޅޭ އެއް މޭވާއެވެ.

އަހަރެމެންގެ ތެރެއިން ގިނަ މީހުން ދޮންކެޔޮ ކެއުމަށްފަހު އޭގެ ތޮށިގަނޑު އެއްލާލައެވެ. ނަމަވެސް ދޮންކޭލުގެ ތޮށިގަނޑަކީ ހަށިގަނޑަށް ފައިދާ ކުރާނެ އެތައް، ފޮރިވިފައިވާ ސިއްރުތަކެއް އެކުލެވިގެންވާ އެއްޗެކެވެ.

ނިދުމުގެ ކުރިން، ގައިގައި ހުންނަ ބިހިތަކުގެ މަތީގައި ދޮންކެޔޮ ތޮށިގަނޑުގެ އެތެރެބައި ބޭއްވުމަށްފަހު ބެންޑޭޖެއް އަޅާލުމުން އެބިހިތައް ފިލުވައިދިނުމަށް އެހީ ވެދޭނެއެވެ. އަދި މިއީ އެއްވެސް ވަރަކަށް ތަދު އިހުސާސް ކޮށްދޭނެ ކަމެއް ނޫނެވެ. ހަމައެހެންމެ، ދޮންކެޔޮ ތޮށިގަނޑުގެ އެތެރެބައި މޫނުގައި ބައިގަޑިއިރު ވަންދެން ހޭކުމުން ބިހިތައް ފިލުވައިދިނުމަށް މަސައްކަތް ކޮށްދޭނެއެވެ.

މީގެ އިތުރުން، ދެހަފްތާ ވަންދެން ކޮންމެ ދުވަހަކު ދަތްތަކުގައި ދޮންކެޔޮ ތޮށިގަނޑުގެ އެތެރެބައި ކާއްތާނަމަ، ދަތްތައް ހުދުކޮށް ހުރުމަށް އެހީވެދޭނެއެވެ. ހަމައެހެންމެ، މަދިރި ހަފާފައިވާ ތަނެއްގައި ދޮންކެޔޮ ތޮށިގަނޑު ހޭކުމަކީ ހިރުވުން ފަސޭހަ ވާނެ ކަމެއް ކަމަށް ރިސާޗްތަކުން ދައްކައެވެ.