08 Sep 2021, 08:59
"ކޮއި މިލް ގަޔާ"އިން މަގުބޫލުކަން ހޯދި ބޮލީވުޑުގެ ފިލްމީތަރި ރަޖަތު ބެދީގެ އިހުމާލުން ކާރު އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވި ކަމަށް ބުނެ މައްސަަލައެއް އިންޑިއާގެ ފުލުހުންނަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ އިންޑިއާގެ ޑީ.އެން ނަގަރު ޕޮލިސްޓޭޝަނަށެވެ. އެ ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ މުންބާއީގެ އަނދޭރީގައެވެ. އިތުބާރު ހިފޭ އިންޑިއާގެ މީޑީއާއަކުން ބުނެފައިވަނީ އެހާދިސާ ހިނގުމުން އެއަނިޔާވެފައިިވާ މިހާ ހޮސްޕިޓަލަށް ގެނެސްދިނީ ރަޖަތު ބެދީ ކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެގެ 6:30 ގައެވެ. އަދި މި އެކްސިޑެންޓުގައި ރަޖަތު ބެދީއަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް އަނިޔާވެފައި ވަނީ އުމުރުން 40 އަހަރުގެ ރާޖޭޝް ބޯދު ނަމަކަށް ކިޔާ މީހަކަށެވެ. އަނިޔާވި މީހާގެ ހާލަތު ގޯސް ކަމަށް އިންޑިއާގެ ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިހާދިސާއާ ގުޅިގެން، ރާޖަތު ވަނީ އޭނާގެ ކުށަށް އަމިއްލައަށް އިއުތިރާފުވެފައި ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފައިވެއެވެ.
ރާޖަތު ބެދީ އަކީ ޖުމުލަ 40 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ އަދި ބޮލީވޫޑުގައި އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި އެކްޓަރެކެވެ.