ކޮންމެ މީހަކުވެސް ސްކިން ކެއާ އޭ ބުނުމުން ހިތަށް އަންނާނީ ތަފާތު ވައްތަރުގެ ލޯޝަނާއި ކްރީމުތަކެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު ހެނދުނު މޫނުގައި އައިސް ކިއުބް ހޭކުމަކީ އެތައް ފައިދާތަކެއް ހުރި ކަމެކެވެ. އަދި މިއީ ލޯޝަން ފަދަ އެއްޗެހި ގަންނަން ދާ ޚަރަދު ދާނެ ކަމެއް ނޫނެވެ. އެހެންކަމުން އެކިއެކި ގޮތްގޮތުން މިކަމުން ފައިދާ ލިބެއެވެ.

މިކަމުން ލިބޭ ފައިދާތަކުގެ ތެރޭގައި ހިމެނެނީ

  1. ބްލަޑް ފުލޯ އިތުރުކޮށްދިނުމެވެ. މީގެ ސަބަބުން މޫނު މަތި ޒުވާންކޮށް ދޭނެއެވެ.

  2. މޫނުމަތީގައި ނަގާފައި ހުންނަ ބިހިތައް ފިލުވައިދެއެވެ. މިކަމުގެ ސަބަބުން މޫނުމަތި އޮމާންވެ އިތުރަށް އުޖާލާ ވެއެވެ.
  3. ލޯ މަތީގައި ހުންނަ ނިދީގެ އަސަރުތައް ފިލުވައިދެއެވެ. އަދި މިއީ ފިނި އެއްޗަކަށް ވުމުން ތާޒާކަން ލިބިި ހިތްހަމަ ޖެހިގެން މުޅި ދުވަހު ހުރެވޭނެއެވެ.
  4. ފުރިހަމަ މޭކަޕެއް ކުރަން ބޭނުންނަމަ، އައިސް ކިއުބް ހޭކުމަށް ފަހުގައި މޭކަޕް ކުރަން ވާނެއެވެ.

މޫނުގައި އައިސް އުނގުޅާއިރު ކިއުކަންބާ ބޭނުންކުރުން މުހިއްމެވެ. ހަމައެހެންމެ، ގްރީން ޓީ ކަހަލަ އެއްޗަކާ އެއްކުރުމަށްފަހު، ފުރިޖަށް ލުމަށްފަހުގައި، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު މޫނުގައި އުނގުޅުމަކީ ފައިދާހުރި ކަމެއްކަން ދިރާސާތަކުން ދައްކައެވެ.