ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަނެއްކާ ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަން އިއުލާން ކުރައްވައިފިއެވެ.

މިފަހުން އަލީ ވަހީދު ޓްވިޓާގައި އެކްޓިވްކޮށް އުޅުއްވާއިރު، އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މިރޭ ރާއްޖެ ގަޑިން 09:00 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.

"މިރޭގެ ނިއުސް ކޮންފަރެންސްގައި އަޅުގަނޑު ފްރޭމްކޮށް އަޒުލުކުރި ގޮތާއި، ރައީސް ޔާމީން ޖަލަށްލާން ނިންމި ނިންމުމާއި، ޕީޖީއާ އެމްއެމްޕީއާރުސީ ގެ ހިޔާނާތާއި އޮތް ގުޅުމާއި އުތުރު ތިލަފަޅު ހިމެނޭ،" އަލީ ވަހީދުގެ ޓްވީޓުގައި ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން މީގެ ކުރިން ވެސް އަލީ ވަހީދު ވަނީ އޭނާގެ މައްސަލަ ހިނގައިދިޔަ ގޮތުގެ ހަގީގަތް ހާމަކުރަން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާން މަސައްކަތް ކުރައްވާފައެވެ.

އެހެންނަމަވެސް އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ކުޑަތަން ވެފައިވަނިކޮށް އިނގިރޭސި ފުލުހުން ވަނީ ވީސާ މައްސަލައެއްގައި އަލީ ވަހީދު ހައްޔަރުކޮށްފައެވެ.