07 Oct 2021, 22:31
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ގްރޭޓާ މާލެ ސަރަހައްދުން ނެގި 1،316 ސާމްޕަލްގެ ތެރެއިން 13 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭން ބުނާ ގޮތުގައި މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މިހާރު ހުރީ އެންމެ ޕަސެންޓެއްގައެވެ.
މިއަދު ކޮވިޑަށް ޓެސްޓުކޮށްފައިވަނީ ޖުމްލަ 3،177 ސާމްޕަލެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޖުމްލަ 70 މީހުން ޕޮޒިޓިވްވެފައިވާއިރު، ހިމެނެނީ އަތޮޅުތެރެއިން 54 މީހަކާއި މާލެއިން 13 މީހުންނެވެ. މީގެ އިތުރުން، ރިސޯޓުތަކުން ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،319 ގައެވެ.
މި ބަލީގައި 15 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި މި ބަލިން 83،784 މީހުން ވަނީ މިހާރު ރަނގަޅުވެފައެވެ.
ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 232އެވެ.
ކޮވިޑްގެ ކޭސްތަކެއް ފެނި 15 ރަށެއް މިވަގުތު މޮނިޓަރިންގެ ހާލަތުގައި އެބައޮތެވެ.