01 Nov 2021, 22:09
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ނެގި 4،018 ސާމްޕަލްގެ ތެރެއިން 131 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިރޭ އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 95 މީހަކާއި މާލެއިން 131 މީހުންނެވެ.
މީގެ އިތުރުން، ރިސޯޓުތަކުން އަށް މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،836 ކެވެ.
މި ބަލީގައި 29 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 85،915 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 85,823 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާތަނަށް މި ބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ ޖުމްލަ 243 މީހުންނެވެ.