11 Nov 2021, 19:06
ކޮވިޑް-19 ޖެހިގެން އައްޑޫއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ރޭ ދަންވަރު 01:33ގައި ހާލު ދެރަވެގެން އައްޑޫ ކޮވިޑް މެނޭޖްމަންޓު ފެސިލިޓީއިން މާލެ ގެނައި ބަލި މީހަކު މަރުވެފައިވާ ކަމަށެވެ.
މަރުވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިިރިހެނެކެވެ.
އެއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 247އަށް އަރާފައެވެ.
މިއީ މިމަހުގެ ފަސް ވަނަ ކޮވިޑް މަރެވެ. އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވެފައިވަނީ 84 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެޗްޕީއޭއިން އިއްޔެ ހާމަކުރި ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 129 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 2،097 އެވެ.
މި ބަލީގައި މިހާރު ވެސް 15 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ އިރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 89،255 އަށް އަރައިފައެވެ. މީގެ ތެރެއިން 86،899 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.