06 Dec 2021, 21:07
އައްޑޫ ސިޓީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، އެތަނުގައި މަސައްކަތް ކުރާ ދެ ފުލުހެއްގެ ލޮލަށް ކެމިކަލް ޖެހި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ދެ ފުލުހެއްގެ މޫނަށް ފާހަނާ ސާފުކުރާ ކެމިކަލް ފުޅިއެއް ޖެހި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިއަދު ހަވީރު 04:30 ހާއިރު ކަމަށެވެ.
މިހާރު އެ ފުލުހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެހެންނަމަވެސް ފާހާނާ ސާފު ކުރާ ކެމިކަލް ފުލުހުންގެ ގަޔަށް ޖަހަން މެދުވެރިވީ ސަބަބެއް، އަދި އެކަން ހިނގައިދިޔަ ގޮތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަން ކޮށްފައިވަނީ ކޮން މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހެއް ކަމެއް ވެސް ފުލުހުން ބުނެފައެއް ނުވެއެވެ.