16 Dec 2021, 20:01
ޕާކިސްތާންގެ އުފެއްދުންތައް ވީހާވެސް ގިނަ ބަޔަކަށް ދައްކާލުމުގެ މަގްސަދުގައި ޓްރޭޑް ޑެވެލޮޕްމެންޓު އޮތޯރިޓީ އޮފް ޕާކިސްތާން (ޓީޑީއޭޕީ) އިން ތައްޔާރުކޮށްފައިވާޕާކިސްތާންގެ ވާޗުއަލް އެކްސްޕޯޓް ގެލެރީއިފްތިތާހުކޮށްފިއެވެ.
މި ގެލަރީގައި 66 އުފެއްދުމުގެ ހާހަށްކަށް ވުރެ ގިނަ ހައި ރިޒޮލިއުޝަން ފޮޓޯ ވަނީ އަޕްލޯޑްކޮށްފައެވެ. މި ޕޮޓޯތަކުގެ ތެރެގައި ޕާކިސްތާނުގައި އުފައްދުންތެރިކަމުގެ ގިނަ ދާއިރާތަކަކުން އުފެއްދުންތައް ވަނީ ގެލެރީއަށް ލާފައެވެ. ގެލެރީގައި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އިތުރުން ކާބޯތަކެތި، ޓެކްސްޓައިލް، ލެދާ، އިންޖިނެއަރިން، މިނެރަލް އަދި ބޭސްވެރިކަމުގެ އުފެއްދުންތައް ހިމެނެއެވެ.
ގެލެރީއަށް ލައިފައިވާ ކޮންމެ އުފެއްދުމަކާއެކު ޒިޔާރަތްކުރާ ފަރާތްތަކަށް އެނގެން ބޭނުންވާނެ މުހިންމު މައުލޫމާތުތައް ވަނީ ހިމަނާފައެވެ. ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަވާނެގޮތަށް ފަރުމާކޮށްފއިވާ ގެލެރީގެ ވެބްސައިޓުގައި ސުވާލު ކުރުމަށްވެސް ވަނީ ތަނަވަސް ކޮށްދީފައެވެ. ކުރާ ސުވާލުތައް، އުފެއްދުމާ ގުޅޭ ފަރާތަށް ގޮސް 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ލިބޭނެ ކަމަށް ވެސް ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނުން ބުނެއެވެ.
މި ގެލަރީއަކީ ގޭގައި ތިބެގެން ޕާކިސްތާނުގެ އުފެއްދުންތެރިކަން މިނެކިރާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.