ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން ރާއްޖޭގައި ތަރައްގީ ކުރާ ފްލޯޓިން ސިޓީގެ ފުރަތަމަ އިމާރާތްތައް ބިނާ ކުރުމަށް ރާއްޖޭގެ ބައިސަން ކުންފުންޏާ ހަވާލުކޮށްފިއެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު މިކަމާ ގުޅޭ އެއްބަސްވުމުގައި ދެ ކުންފުނިން ވަނީ ސޮއިކޮށްފައެވެ.

ބައިސަން އިން ބުނީ މި މަޝްރޫއުގެ ފުރަތަމަ ގެތައް ނިމޭނީ ރޯދައިގެ ފަހުން ކަމަށެވެ. އަދި އެ ގެތައް ނިމުމާއެކު އާންމުންނަށް އެތަން ބަލާލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ފްލޯޓިން ސިޓީގެ ކުރެހުމެއް

ފްލޯޓިން ސިޓީގެ އިމާރާތްތައް ހުންނާނީ އެއް އިމާރާތް އަނެއް އިމާރާތާ ގުޅިފައި ކަމަށާއި، އަދި ހުރިހާ އިމާރާތްތައް ވެސް ހުންނާނީ ފަޅުގެ އަޑިން ބިމުގައި ހަރުކުރެވިފައި ކަމަށް ވެސް ބައިސަން އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ފްލޯޓިން ސިޓީ ބިނާ ކުރަނީ މާލެއިން ފުރައިގެން ފަސް މިނެޓުން ދެވޭ ފަޅެއްގައި ކަމަށެވެ. އަދި މުޅިއެކު 5000ގެ އެ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ . މީގެ ކުރިން، 2010ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެ ކުންފުންޏާ އެކު ވަނީ ފްލޯޓިން ސިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެއަށްފަހު ބޭރުގެ ބައެއް ނޫސްތަކުގައި، 2015 ވަނަ އަހަރު މި މަޝްރޫއުގެ ޚަބަރުތައް . ނަމަވެސް އެ މަޝްރޫއަށް ވީ ގޮތެއް މިހާތަނަށްވެސް ސާފުވެފައެއް ނުވެއެވެ.