ސިނަމާލެ ބްރިޖު ހައިވޭގައި ހަތް ވެހިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ހަތް ވެހިކަލް ޖެހި އެކްސިޑެންޓުވީ ކިހިނެއްކަމެއް ސާފެއް ނޫނެވެ. އެކްސިޑެންޓް ހިނގީ ހަތް ކާރު ޖެހިގެންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓެއްގެ ރިޕޯޓު މިރޭ 09:05 ހާއިރު ލިބިފައިވާކަމަށެވެ. އަދި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ވެހިކަލް ދުއްވި އެންމެންނަކީ ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހުންކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން ދާކަމަށްވެސް ފުލުހުން ބުންޏެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ވެސް ސިނަމާލެ ބްރިޖުގައި ވަނީ ތިން އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާވެފައެވެ.