އަންނަ ހުކުރު ދުވަހު ޅ. މަޑިވަރު އެއާޕޯޓް ހުޅުއްވައިދެއްވުމަށް އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރައްވަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާހިލް ނިންމަވައިފިއެވެ.

އެ ގޮތުން މި ދަތުރުފުޅުގައި އެމަނިކުފާނު ޒިޔާރަތް ކުރަށްވަން ހަމަޖެހިފައިވާ ރަށްތަކަކީ ޅ. ނަިފަރު، ޅ. އޮޅުވެލިފުށި، ޅ. ކުރެންދޫ އަދި ރައީސްގެ އުފަން ރަށްކަމަށްވާ ޅ. ހިންނަވަރެވެ.

ރައީސް ނައިފަރަށް ކުރައްވާ ދަތުރުފުޅުގައި މަދަރުސަތުލް އިފްތިތާހުގެ އާ އިމާރާތާއި އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތައް ހުޅުއްވައިދެއްވާނެއެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުއެވެ.