ޓްރެފިކްގައި މަޑުކުރަން ޖެހުން ފަދަ ކުދިކުދި އުނދަގުލަކުން ފެށިގެން، ދިރުއުޅުމުގައި ދިމާވާ ބޮޑެތި ކަންތައްތަކުގެ ސަބަބުން އަހަރުމެންގެ ހިތް ނުތަނަވަސްވެ، ސްޓެރެސްވާ ފަހަރު ގިނައެވެ.

ސްޓެރެސްވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ހިތުގެ ވިންދާއި ނޭވާލުން އަވަސްވެގެންދެއެވެ. އަދި ބަނޑުހައިނުވެ ކާހިތް ކެނޑުމަކީވެސް އިންސާނާ ސްޓެރެސްވުމުގެ ސަބަބުން ދިމާވާ ކަންތައްތަކެވެ.

ސްޓެރެސްވުމަށް މެދުވެރިވާ ހުރިހާ ހާލަތްތަކަކީ އަހަރުމެންނަށް މުޅިން ދުރުހެލިވެވޭނެ އާދަތަކެއް ނޫނެވެ. ނަމަވެސް މިފަދަ ކަންކަމުން ދުރުހެލިވެ ތިބުމަށް ކުރެވިދާނެ ކަންތައްތަކެއްވެއެވެ. އޭގެ ތެރެއިން އެއްކަމަކީ "ރިލޭކްސޭޝަން ރެސްޕޮންސް"އެވެ.

ނަވާރަސަތޭކަ ހަތްދިހަ ވަނަ އަހަރުތަކުގެ ތެރޭގައި ހާވާޑް މެޑިކަލް ސްކޫލްގެ އެޑިޓަރެއްކަމަށްވާ ހާބާޓް ބެންސަން ވަނީ "ރިލޭކްސޭޝަން ރެސްޕޮންސް"އާ ގުޅޭގޮތުން ރިޕޯޓްއެއް ހަދާފައެވެ. އެގޮތުން ރިލެކްސޭޝަން ރެސްޕޮންސްއަކީ ސްޓްރެސް ރެސްޕޮންސްގެ އިދިކޮޅެވެ. ގަވައިދުން މި ކަންކަން ކޮށްގެން، ސްޓްްރެސްވާ ހާލަތެއްގައި ހާސްވުންކުޑަވެ ހަށިގަނޑު ހަމަޖެހިގެންދެއެެވެ.

ރިލެކްސޭޝަން ރެސްޕޮންސްގެ އެހީގައި ސްޓްރެސް ކުޑަކުރުމަށް އެހީތެރިވެދޭނެ ތިން ގޮތެއް:

1. ބްރީތް ފޯކަސް

މިއީ މަޑުމަޑުން އަދި ދިގުކޮށް ފުން ނޭވާތަކެއް ލާންޖެހޭ ޓެކްނީކެކެވެ. މި ޓެކްނީކަށް ބަނޑުން ނޭވާލުމޭވެސް ކިޔާ އުޅެއެވެ.

ފުންކޮޮން ނޭވާލަމުންދާ ވަގުތުގައި ސިކުނޑީގައި ހެދިފައިވާ ހާޖާނުތަކުން މަޑުމަޑުން ސިކުނޑި ދުރުކޮށްދެއެވެ. ނަމަވެސް މިއީ ނޭވާލުމުގެ ނިޒާމުގެ ބަލިތައް ތަހައްމަލް ކުރަމުންދާ މީހަކަށް އެންމެ އެކަށޭނަ ޓެކްނިކެއް ނޫނެވެ.

2. މައިންޑްފުލްނެސް މެޑިޓޭޝަން

އަރާމުކޮން އިށީނދެ، ފުންކޮން ނޭވާލުމަށްފަހު ކުރެވޭ މި ކަސްރަތުގައި މާޒީގައި ހިނގާދިޔަ ކަންކަމާ މެދު ވިސްނުމުގެ ބަދަލުގައި، އަމިއްލަ ނަޕްސަށް "ފޯކަސް" ކުރެެއެވެ.

މި މެޑިކޭޝަންގެ މަގުބޫލްކަން ދުވަހަކަަށްވުރެ ދުވަހެއް ދަނީ އިތުރުވަމުނެވެ. އަދި މި ކަސްރަތަކީ ޑިޕްރެޝަން އަދި އެންޒައިޓީ ތަހައްމަަލް ކުރަމުންދާ މީހުންނަށްވެސް ލުއިކަމެއް ގެނެސްދޭ ކަސްރަތެކެެވެ.

3. ޔޯގާ

ޔޯގާއަކީ ޒަމާނުންސުރެ ސްޓްރެސް އަދި އެންޒައިޓީއިން ދުރުވުމަށް އެހީތެރިވެދޭ ކަސްރަތެކެވެ.

ޔޯގާގެ ސަބަބުން ނަފްސު ކޮންޓްރޯލް ކުރަން ދަސްކުރުމާއި، ސިކުނޑި ސާފުކޮށްދިނުމާއި، ހަށިގަނޑު ރިލެކްސް ކުރުންފަދަ ކަންކަމަށް އެހީތެރިވެދެއެވެ.

ޔޯގާ ކުރާ ގިނަ އަދަދެއްގެ ބަޔަކު ދެކޭގޮތުގައި ޔޯގާގެ ސަބަބުން އެމީހުންގެ "ސްޓެރެސްފުލް ލައިފް" އަށް ލުއިކަމެއް ލިއްބައިދިނެވެ.

ހަމައެކަނި އެއް ޓެކްނިކް އިޚްތިޔާރު ކުރުމުގެ ބަދަލުގައި ތަޖުރިބާކާރުން ލަފާދެނީ ގިނަ ޓެކްނީކްތަކެއް ހެދުމަށްފަހު އެމީހަކާ އެންމެ ގުޅޭ ޓެކްނީކެއް ބޭނުންކުރުމެވެ. އެގޮތުން އެމީހަކާ އެންމެ ގުޅޭ ޓެކްނީކެއް ދުވާލަކު މަދުވެގެން 20 މިނެޓްވަންދެން ކުރަންޖެހެއެވެ. މި ރިލޭކްސޭޝަން ޓެކްނީކްތަކުގެ ސަބަބުން ސްޓްރެސްއިން ދުރުކޮށްދެއެވެ.