04 Apr 2022, 23:43
އުރީދޫގެ ފައިނޭންސް ޑިރެކްޓަރުގެ މަގާމަށް ޙުސައިން ޒަރީރު އައްޔަން ކޮށްފިއެވެ.
އޭނާ އަކީ މީގެ ކުރިންވެސް އުރީދޫއަށް ގިނަ އަހަރުތަކެއް ވަންދެއް ޚިދުމަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން ވެސް އުރީދޫގެ ފައިނޭންސް ޑިރެކްޓަރުގެ މަގާމު އޭނާ ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން އެ ކުންފުނީގެ ފައިނޭޝިއަލް ކޮންޓްރޯލާގެ މަގާމާއި އެހެން ބައެއް ސީނިއާ މަގާމުތަކުގައި އޭނާ މަސައްކަތްކުރައްވާފައިވެއެވެ.
ޙުސައިން އަކީ ފައިނޭންޝިއަލް އެންޑް މެނޭޖްމަންޓް އެކައުންޓިން، ފައިނޭންޝިއަލް ޕްލޭނިން، ބަޖެޓިން އާއި ފައިނޭންޝިއަލް ކޮންޓްރޯލް، ޑިޖިޓަލް ސްޓްރެޓެޖީގެ އިތުރުން ޑެވެލޮޕްމަންޓް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓުން ތައުލީމު ހާސިލްކުރަށްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ އަކީ ޔޫކޭގެ އިންސްޓިޓިއުޓް އޮފް ފައިނޭންޝިއަލް އެކައުންޓެންޓްސްގެ އެސޯސިއޭޓް މެމްބަރުކަން ވެސް ކުރައްވާ ބޭފުޅެކެވެ.