09 May 2022, 19:55
ސީޓީ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ރާއްޖޭގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ސީޓީ ސްކޭންގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ވަނީ ސީޓީ މެޝިންތަކުގެ މެއިންޓެއިނަންސް މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.
"މި ދަނޑިވަޅުގައި އެމަޖެންސީކޮށް ކުރަންޖެހޭ ސީޓީ ސްކޭންތައް ހުޅުމާލެ ހޮސްޕިޓަލުން ކުރަމުން ގެންދާ ވާހަކަ މައުލޫމާތަށްޓަކާ ދެންނެވީމެވެ," އެ ބަޔާނުގައި ވެއެވެ.
އައިޖީއެމްއެޗުން ބުނީ މެޝިންތަކުގެ މެއިންޓެއިނަންސްއަށް ލަފާކުރެވޭގޮތުގައި ހަފުތާއެއް ހޭދަވާނެކަމަށެވެ. އަދި ހަފުތާއެއްތެރޭ ޚިދުމަތްދޭން ފެށޭނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.