02 Aug 2022, 17:19
މޯލްޑިވްސް ޕޮލިސް ސާވިސްގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފުލުހުންގެ ޚިދުމަތާ ގުޅުނު ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލްކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގުއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޖުމްލަ 82 މުވައްޒަފުން ހުވާކޮށްފައިވެއެވެ.
އޭގެތެރޭގައި ހިމެނެނީ 26 ފިރިހެން ފުލުހުންނާއި 16 އަންހެން ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންސްޓަބްލަރީ އަންހެން 20 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ ފިރިހެން 20 ފުލުހުންނެވެ.
މަގާމުގެ ހުވާކުރުމަށްފަހު، ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބަލަރީ ފުލުހުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޕީޕަލް ޑައިރެކްޓްރޭޓެޑް ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒުއާއި، ހިއުމަން ރިސޯސް ޑިވަލޮޕްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމުގެ އިތުރުން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.