ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ދެ މީހަކު ހިފަހައްޓައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް އެއާޕޯޓުން ދެ މީހަކު އެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ބިދޭސީ ދެ މީހުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެއީ ކޮން ގައުމަކަށް ނިސްބަތްވާ ދެ މީހުން ކަމާއި އަދި ފުލުހަށް ހާޒިރު ކުރީ ކޮން މައްސަލައާކާ ބެހޭގޮތުން ސުވާލު ކުރުމަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިއަދު ފުލުހަށް ހާޒިރުކުރީ އިންޑިއާގެ ދެމީހުންނެވެ. އެ ދެމީހުންނަށް ކުރާ ތުހުމަތަކީ ސްޕައި ކެމެރާ ހަރުކޮށްގެން އެއާޕޯޓު ތެރޭގައި ޖާސޫސް ކުރަން އުޅުމެވެ.