ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރަކަށް ސައުދުﷲ އަޙްމަދު އައްޔަނު ކުރައްވައިފިއެވެ.

ސައުދުﷲ އަކީ މީގެ ކުރިން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ ޗެއާމަންކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އެންމެ ފަހުން ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކޮންޕެނީގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމުގައެވެ.

ސައުދުﷲ އަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވި ހަތަރު ވަނަ ބޭފުޅާއެެވެ.

އެންމެ ފަހުން އައްޔަނު ކުރެއްވި ސައުދުﷲގެ އިތުރުން މިހާރު އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވީ ހިދާޔާ ނަސީރާއި ހަމްދު އަބްދުލް ގަނީ އާއި އަލީ ޝިމާޒްއެވެ.

ސައުދުﷲއަކީ ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ. ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން ނަހުލާ އަލީއެވެ.