ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހޫނު މޫސުމުގައި ފެނުގެ ދަތިކަމަށް ކުރިމަތިވާއިރު، މޫސުމަށް އަންނަ ބަދަލުތަކާއެކު އެކަން އިތުރަށް ގޯސްވާނެ ކަމަށް ސައިންސްވެރިން ދަނީ އިންޒާރު ދެމުންނެވެ. އެގޮތުން މިހާރުވެސް މުޅި ދުނިޔޭގައި ދެ ބިލިއަނަށް ވުރެ ގިނަ މީހުންނަށް ސާފު ފެން ފަސޭހައިން ނުލިބޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެއެވެ.

ބައެއް ގައުމުތަކަށް ޑީސެލިނޭޝަން ޕްލާންޓްތަކުގެ އެހީގައި ހައްލެއް ހޯދުމަށްޓަކައި، ކަނޑުގެ ލޮނު ޑީސެލިނޭޓްކޮށް މީރުފެނަށް ބަދަލުކުރެއެވެ. މި ޕްރޮސެސް ދުނިޔޭގައި އެންމެ ޢާއްމުކޮށް ކުރިއަށް ގެންދަނީ މެދުއިރުމަތީގެ ޤައުމުތަކުގައެވެ.

އެކަމަކު މި ޕްރޮސެސްއިން ކަނޑުގެ އިކޯސިސްޓަމްތަކާއި ޖަނަވާރުތަކަށް ގެއްލުން ވަމުން ދާ ކަމަށް ސައިންސްވެރިން ބުނެއެވެ. ފޮސިލް ފިއުލްއިން ކަރަންޓް އުފައްދާ ޕްލާންޓްތަކަކީ ހަކަތައިގެ ގޮތުން ބާރުގަދަ ޕްލާންޓްތަކެއް ކަމުން މި ޕްރޮސެސްގެ ސަބަބުން ބްރައިން ނަމަކަށް ކިޔާ ވަރަށް ލޮނުކަން ގަދަ ފެން ފަށަލައެއް އުފެދެއެވެ. ކަނޑުގެ އިކޯސިސްޓަމްތަކާއި ޖަނަވާރުތަކަށް ގެއްލުން ލިބެނީ ކަނޑުގެ ތެރެއަށް އަލުން އެ ލޮނު، ޕަމްޕް ކުރުމުންނެވެ.

އެހެންވެ ބައެއް ސްޓާޓްއަޕްތަކާއި ދިރާސާކުރާ ފަރާތްތަކުން ދަނީ އެތައް ސަތޭކަ އަހަރެއް ވީ ސޯލާ ސްޓިލް ޓެކްނޮލޮޖީ އަޕްޑޭޓް ކޮށް، ހަމައެކަނި އިރުގެ އަލި ބޭނުންކޮށްގެން ފެން ސާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޑީސެލިނޭޝަން ޕްލާންޓްތަކުން އުފައްދާ މީރުފެނުގެ މިންވަރަށް ފެން އުފެއްދުމަށް މި ޓެކްނޮލޮޖީ އަދިވެސް ވަރަށް ދުރުގައި އޮތް އިރު، މިއީ އޮފް-ގްރިޑް ނުވަތަ ކޯސްޓަލް ކޮމިއުނިޓީތަކަށް އަގުހުރި އެއްޗެއްކަން ސާބިތުކޮށްދެވިދާނެއެވެ.

އަބޫދާބީގެ ސްޓާޓްއަޕް މަންހަތުން ދަނީ ފްލޯޓިން ޑީސެލިނޭޝަން ޑިވައިސްއެއް ތަރައްގީ ކުރަމުން

ފްލޯޓިންގ ސޯލާ ސްޓިލްސް

އަބޫދާބީގައި ހުންނަ ސްޓާޓްއަޕް މަންހަތުން 2019 ވަނަ އަހަރުން ފެށިގެން ދަނީ ކަރަންޓު ބޭނުން ނުކޮށް ނުވަތަ ބްރައިން އުފެއްދުމެއް ނެތި ފެން ޑިސްޓިލް ކުރާ ފްލޯޓިން ޑިވައިސްއެއް ތަރައްގީ ކުރަމުންނެވެ. އެއީ ކަނޑުގެ މަތީގައި ފްލޯޓްކުރާ ގްރީންހައުސް ސްޓްރަކްޗަރެއްގެ މައްޗަށް އެކުލެވިގެންވާ އެއްޗެކެވެ. އިރުގެ އަލިން އެ ސްޓްރަކްޗާގެ ދަށުގައިވާ ފެން ހޫނުވެ އުފުލިގެންދާއިރު، ކަނޑުގައި ބާކީ ހުންނަ ލޮނު ކްރިސްޓަލްތަކާ ވަކިކޮށް، އަދި ފިނިހޫނުމިން ފިނިވުމުން ފެން ކޮންޑެންސް ވެގެންގޮސް ތާޒާ ފެނުގެ ގޮތުގައި ޖަމާވެއެވެ.

"އެއީ ހަގީގަތުގައި ވެސް ގުދުރަތީ ފެނުގެ ދައުރާ އެއްގޮތް ކަމެއް،" އެ ކުންފުނީގެ ފައުންޑަރ އަދި އަބޫދާބީގެ ޚަލީފާ ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ޑރ. ސައީދު އަލްހަސަން އަލްޚަޒްރާޖީ ވިދާޅުވިއެވެ.

ސަގާފީ ސޯލާ ސްޓިލްތަކާ ހިލާފަށް މަންހަތުގެ ޑިވައިސް ކަނޑުގައި ފްލޯޓްކުރާއިރު، ސީދާ ކަނޑުން ފެން ނަގައެވެ. އެ ޑިވައިސްގައި ލޮނު ޖަމާނުވާ ކަމަށާއި ކަލެކްޝަން ސިލިންޑަރުގެ އެންގްލޭޝަންގެ ސަބަބުން ފެންތިކިތައް އަނބުރާ ކަނޑަށް ނުދާނެ ކަމަށް އަލްހަސަން ވިދާޅުވެއެވެ.

މިއަހަރުގެ ކުރީކޮޅު މަންހަޓްގެ ޕޭޓެންޓް ކޮށްފައިވާ ޓެކްނޮލޮޖީއަށް ފެނުގެ ދާއިރާގައި ބްރޭކްތްރޫ ސޮލިއުޝަންތަކާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވޯޓާ ޔޫރަޕް އިނޮވޭޝަން އެވޯޑް ލިބި، "ޒީރޯ ކާބަން ފުޓްޕްރިންޓް އަދި ޒީރޯ ބްރައިން ރިޖެކްޝަން" އާއެކު ތާޒާ ފެން އުފެއްދުމުގެ ގާބިލްކަމަށް ތައުރީފުކުރިއެވެ.

އެ ސްޓާޓްއަޕް އިން ރާވާފައި ވަނީ ފްލޯޓިން ފާމްތަކުގައި އެ ކުންފުނީގެ ޓެކްނޮލޮޖީ ބޭނުން ކުރުމަށެވެ.

މިކަމުގެ ސަބަބުން ބިންތައް އާރޯވެ ދަނޑުވެރިކަން ކުރާ ހިކި އައްސޭރިފަށަށް ފައިދާ ކުރާނެ ކަމަށް އަލްހަސަން ވިދާޅުވެއެވެ.

"ކަނޑުގެ ސަތަހައިގައި ތާޒާ ފެން އުފައްދައި ދަނޑުވެރިކަމަށް ބޭނުންކޮށްފި ނަމަ ދަނޑުވެރިކަން ކުރެވޭ ބިންތައް އަލުން މުއްސަނދި ކުރުމަށް މި ޕްރޮސެސްގެ ބޭނުން ފައިދާހުރި ގޮތެއްގައި ހިފުމަށް ހުއްދަ ދެވޭނެ،" އޭނާ ވިދާޅުވިއެވެ.

ސޯލާ ހަކަތައިގެ ވާދަވެރިކަމެއް ދުނިޔޭގައި އުފެދިފައިވާއިރު، އެހެން ބައެއް ކުންފުނިތަކުން ވެސް އަންނަނީ ސޯލާ ސްޓިލްތަކުން އާ ކަންތައްތަކެއް އުފައްދަމުންނެވެ. އެގޮތުން 2020 ވަނަ އަހަރު މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ދިރާސާވެރިން ވަނީ ފެނުގެ ހޫނު ކޮންޑެންސް ވުމުން އުފެދޭ ހޫނު ރީސައިކަލްކޮށް، މަލްޓިލޭޔަރ އިވެޕޯރޭޓަރެއް ހިމެނޭ ފްރީ ފްލޯޓިން ޑީސެލިނޭޝަން ޔުނިޓެއް އުފައްދާފައެވެ.

މި ސިސްޓަމްގެ ފީލްޑް ޓެސްޓްތައް ކުރިއަށްދާއިރު، އެއީ "ގްރިޑްގެ ބޭރުން ހިކި އައްސޭރިފަށުގެ ސަރަހައްދުތަކަށް ހިދުމަތް ދިނުމުން ފައިދާހުރި، އަގުހެޔޮ ފެނުގެ މަސްދަރެއް ފޯރުކޮށްދޭނެ" ޓެކްނޮލޮޖީއެއްގެ ގޮތުގައި ފާހަގަކުރެވުނެވެ.

ދިރާސާވެރިން ލަފާކުރި ގޮތުގައި އެ ޓެކްނޮލޮޖީ ކަނޑުގައި ފްލޯޓިން ޕެނަލެއްގެ ގޮތުގައި ކޮންފިގްރޭޓް ކުރެވިދާނެ ކަމަށާއި، ހޮޅިތަކުގެ ތެރެއިން ތާޒާ ފެން އައްސޭރިއަށް ފޯރުކޮށްދިނުމާއި، ނުވަތަ ކަނޑުގެ ފެން ޓޭންކްކޮށް ބޭނުންކޮށްގެން ގޭބިސީތަކަށްވެސް ޚިދުމަތް ދިނުމަށް ފަރުމާ ކުރެވިދާނެއެވެ.