އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ގަންނަ މާޓު ފިހާރައިން ވިއްކާ "ލިޓްލް ލަޔަން" އުފެއްދުންތަކުން ޑިސްކައުންޓު ލިބޭ ކޯޑެއް އެ ކުންފުނިން ތައާރަފުކޮށްފިއެވެ.

ތަފާތު ބާވަތްތަކުގެ ކޭކާއި ބިސްކޯދުގެ އިތުރުން އެތައް ބާވަތެއްގެ ފޮނި ކާއެއްޗެހި އުފައްދާ ލިޓްލް ލަޔަން ބްރޭންޑަކީ 40 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބްރޭންޑެކެވެ.

އެ ބްރޭންޑުގެ އުފެއްދުންތައް ގަތުމަށް ގަންނަ މާޓްއެޕުންކޯޑު ( 4LTW-MFHC) ޖަހާލުމުން އެ ބްރޭންޑުގެ ހުރިހާ އެއްޗަކުން ވެސް ޑިސްކައުންޓް ލިބޭނެއެވެ.

ލިޓްލް ލަޔަން ބްރޭންޑުގެ ކޭކު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލިޓްލް ލަޔަން ބްރޭންޑްގެ އުފެއްދުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު އެ ބްރޭންޑްގެ ވެފާ، ކުކީސް، ކޭކް އަދި ސްޕޮންޖް ރޯލްސް އަކީ ރަހަބަލައިނުލާ ދޫކޮށްލެވޭ ވަރަށް ވުރެ މީރު ކާނާ ކަމަށް އޭޑިކޭ ޖެނެރަލް ޓްރޭޑިންއިން ބުނެއެވެ.

ގަންނަ މާޓުން ކާބޯތަކެއްޗާއި ރީތިވާ ސާމާނު ލިބެން ހުރެއެވެ. އެ ފިހާރަ ހުންނަނީ މ. އަލިވެލި، ބުރުޒުމަގު ކަންމައްޗަށް ވާގޮތަށެވެ.

ލިޓްލް ލަޔަން ބްރޭންޑުގެ ކޭކާއި ކުކީސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުކުރު ދުވަހު އެ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 8:00އިން 11:00އަށް އަދި މެންދުރު ފަހު 14:00އިން 22:45އަށެވެ. ހަފުތާގެ އެހެން ދުވަސްތަކުގައި އެ ފިހާރަ ހުޅުވާފައި ހުންނާނީ 8:00އިން 23:00އަށެވެ.