15 Oct 2022, 20:00
ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރު އެންމެ ރަނގަޅު މުއައްޒަފުންނަށް މަސައްކަތުގެ އަގު ވަޒަންކޮށް އެވޯޑުދީފިއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފުލާގައި އެކި ދާއިރާތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންނަށް އެވޯޑު ދީފައިވާއިރު، ޝަރަފުވެރި އެޕްލޯއީ އޮފް ދަ އިޔާ އެވޯޑް ހޯދާފައިވަނީ ނޯތު ކްލަސްޓާ މެނޭޖަރު ޙަސަން އަޤްލީމް އާއި ހެޑް އޮފް ޕީޕަލް ޑިވެލޮޕްމަންޓް މުޙައްމަދު އަޝްރަފެވެ.

ޝަރަފުވެރި އެޕްލޯއީ އޮފް ދަ އިޔަރ އެވޯޑް އަޤްލީމަށް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ބީއެމްއެލް
ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް ހޯދާފައިވަނީ، ހެޑް އޮފް ކާޑްސް އެންޑް ޕޭމަންޓް ގަވަރނަންސް ފާތިމަތު ފާރިހަތު ވަޙީދު އާއި ސީނިއަރ މެނޭޖަރ ޕްރީމިއަމް ބޭންކިންގ ޢަބުދުﷲ ޞަބާޙް އާއި ބީއެމްއެލް މޯބައިލް އެޕް ޓީމެވެ. ބެސްޓް ލީޑަރ އެވޯޑް ޕަބްލިކް ރިލޭޝަންސް މޭނޭޖަރ މުޙައްމަދު ސަޢީދު ހޯދިއިރު، ބެސްޓް މެނޭޖަރ އެވޯޑް ހޯދީ ކޮމްޕްލައަންސް މެނޭޖަރ އަލީ ޒައިދެވެ.

ބީއެމްއެލް ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް ހޯދި ޓީމު-- ފޮޓޯ/ ބީއެމްއެލް
މި ހަފްލާގައި މުވައްޒަފުންއަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން ވަނީ އެވޯޑް ދީފައެވެ. މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ބެސްޓް އެޓޯލް އެމްޕްލޯއީ، ކަސްޓަމަރ ސާވިސް ސްޓަރ އަދި އެވޯޑް ފޯ އިނޮވޭޝަން އެވޯޑް ހިމެނެއެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަސް މިއަންނަ މަހު ފާހަގަކުރަން ތައްޔާރުވަމުންދާއިރު ފާއިތުވި އަހަރުތަކުގައި ބޭންކުގެ ކާމިޔާބީ އާއި ކުރިއެރުމުގެ ހަގީގީ ބާނީންނަކީ މުވައްޒަފުންކަމަށެވެ.

އެވޯޑް ހަފްލާގައި ބީއެމްއެލްގެ އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވާހަކަދައްކަވަނީ-- ފޮޓޯ/ބީއެމްއެލް
ބީއެމްއެލުން ބުނީ، ސްޓާފް އެވޯޑަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓަޖީގެ މުހިންމު ބައެއްކަމަށެވެ. ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއި ން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް "ވަނީ ވިދިވިދިގެން ހަތަރު ފަހަރަށް ބީއެމްއެލަށް ލިބިފައެވެ.