މަސްތުވާތަކެތީގެ ތުހުމަތުގައި ހަތަރު އަންހެނަކާއި އަށް ފިރިހެނުން ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރުކުރި އެންމެނަކީ ވެސް އާއްމު އުސޫލުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުން ކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ނަމަވެސް ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރުކުރި އެންމެންނަކީ ވެސް ޕާޓީކުރަނިކޮށް މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހުންނެވެ. އޭގެ ތެރޭގައި އާއްމުންގެ ތެރޭގައި މަގުބޫލު ބައެއް މީހުން ވެސް ހިމެނެއެވެ.