ހޮލީވުޑް ފިލްމު 'ޓްވައިލައިޓް'ގައި ފެނުނު ޓެއިލާ ލޯޓްނާ އޭނާގެ ދުވަސްވީ ލޯބިވެރިޔާ އާ ކައިވެނިކޮށްފިއެވެ.

ޓެއިލާ ލޯޓްނާ އާއި ޓޭ ޑޯމް ކައިވެނި ކުރީ ހަތަރު އަހަރު އެކުގައި އުޅުމަށްފަހު އެއް އަހަރު އެންގޭޖް ވުމަށްފަހުއެވެ. ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ ޓޭ އާއި ޓެއިލާ ކައިވެނި ކުރީ ކެލިފޯނިއާގައި މި މަހު 11 ވަނަ ދުވަހުއެވެ.

ޕީޕަލް މެގަޒިންގައި ބުނެފައިވާ ގޮތުގައި، 25 އަހަރުގެ ޓޭ ލައިގެން ހުރީ ކޭޕް އެއް ލާފައި ހުރި ބްރައިޑަލް ގައުން އެކެވެ. އަދި، 30 އަހަރުގެ ޓެއިލާ ލައިގެން ހުރީ ކަޅު ކުލައިގެ ޓަކްސް އެކެވެ. ދެމަފިރިންގެ ކައިވެނީގެ ޕާޓީގެ ފޮޓޯތައް ރިލީޒްކޮށްފައިވާއިރު މި ފޮޓޯތަކުގައި ޖޭސަން ކެނެޑީ އާއި ލޯރެން ސްކްރަގްސް ކެެނޑީ ގްރޫމްސްމަން އަދި ބްރައިޑްސް މެއިޑުންގެ ގޮތުގައި ފެނެއެވެ.

ޓެއިލާ އާއި އޭނާގެ އަންހެނުން އެންމެ ފުރަތަމަ ރަސްމީކޮށް ލޯބިވެރިންގެ ގޮތުގައި އާއްމުންނަށް ފެނުނީ 2018 ވަނަ އަހަރު ޕޯސްޓު ކުރި ފޮޓޯއަކުންނެވެ. މި ދެ ތަރިންގެ ދިރިއުޅުމުގެ ގިނަ ކަންކަން އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ދަނީ ހިއްސާކުރަމުންނެވެ. އެގޮތުން، އެންގޭޖް ކުރި ދުވަހުގެ ފޮޓޯތަކާއި، ބްރައިޑަލް ޝަވާގެ ފޮޓޯތައްވެސް ޕޯސްޓުކޮށްފައިވެއެވެ.

ޓެއިލާ ހޮލީވުޑް އިން ގިނަ ބަޔެއްގެ ލޯބި ހޯދީ އޭނާ ކުޅުނު 'ޓްވައިލައިޓް' ފިލްމުންނެވެ. މި ފިލްމުގައި އޭނާ ކުޅުނީ ސައިޑްރޯލެކެވެ.