Last Updated:
3 year 12 month ago

އާސްކް ސްޕީކާގެ ހަ ވަނަ ޕްރޮގްރާމްގެ ލައިވް ކަވަރޭޖް

    ބުލޮގު ޚުލާސާ

    ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވާ އާސްކް ސްޕީކާގެ ހަ ވަނަ ޕްރޮގްރާމްގެ ލައިވް ކަވަރޭޖް

    15:10

    ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެމްޑީޕީއާ ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ވެސް 2018 ވަނަ އަހަރު ތާއީދު ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި.

    14:54

    އެމްޑީޕީގެ އެންމެ ބޮޑު ވައުދު އަދި ނުފުއްދޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. އެ ވައުދަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި.

    14:50

    އެމަނިކުފާނާ ދިމާލަށް އެއްޗިހި ކިޔާ މަޖިލިސް މެންބަރުން ގޮވައިގެން ދެވަނަ ފަހަރަށް ރައްޔިތުން ކައިރިއަށް ނުދެވޭނެ ކަމަށާއި ސަބަބަކީ އެފަދަ މެންބަރުންނަކީ މިހާރު ރައްޔިތުން ބަލައިގަންނަ މެންބަރުންކަމަށް ނުވުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި

    14:43
    14:38

    ނަސްރުﷲ އިބްރާހީމްގެ ސުވާލު

    މަނިކުފާނަކީ އެއްވެ އުޅުމުގެ މިނިވަންކަމަށް ވަކާލާތު ކުރި އަދި އެކަން އަމަލީގޮތުން ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީ އަކީ އެކަން ދިވެހީންނަށް ދަސްކޮށްދިން ޕާޓީއެވެ. ސުލްހަވެރި އެއްވުންތައް މަނާކުރާ މާއްދާ އުވާލަން މަޖިލީހަށް ފޮނުވައި ކޮމިޓީތަކުގައި ތާށިކޮށްފައި އެ އޮތީއެވެ. އެކަން މަނިކުފާނަށް މައްސަލައަކަށް ނުވޭތޯއެވެ. އެކަމާ ގުޅޭގޮތުން ހައިކޯޓަށް ދިޔުމަކީ އެމްޑީއަށާއި އެމްޑީޕީގެ އަސާސްކަމަށް ހުތުރު ކަމަކަށް ނުވަނީ ތޯއެވެ. އަދި އެކަމުގައި ކުރެވޭނެ ކަމެއް އެބައޮތްތޯ؟

    މަޖިލީހުގެ ރައީސްގެ ޖަވާބު

    އެނގިވަޑައިގަންނަވާނެ. ހުށަހަޅާފައި އޮތީ އެއްވުން ހަނިވާނެ ގޮތަކަށް. ދެން މަޖިލީހުގަ އެ މައްސަލަ އޮތްކަން އެއީ ހަނިނުވެ އޮންނަ ސަބަބު. މިހާރު އެ މައްސަލަ މިވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި. އެ ކޮމިޓީން ގޮތެއް ނިންމައިގެން ގެނައުމަށްފަހުގައި ތަޅުމުގައި ގޮތެއް ނިންމާނީ. ވޯޓަށް އަހާނީ. އެނގިވަޑައިގަންނަވާނެ މަޖިލީހުގެ ކަންކަން މި ހިނގަނީ ވޯޓުން. އަޅުގަނޑު އެދޭގޮތަކަށް ނޫން އެކަން ހިނގަމުން ދާނީ. މަޖިލީހުގެ ގިނަ މެންބަރުން އެއަށް އެދޭގޮތަކަށް ވޯޓު ދީގެން. މިވަގުތު މަޖިލީހުގަ މެޖޯރިޓީއެއް އެބައޮތް އެމްޑީޕީއަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ފަލްސަފާ އާއި އުސޫލުތަކުގެ މަތިންނޭ އެމްޑީޕީގެ މެންބަރުން ވޯޓު ދެމުން ދާނީ. އެއާ ޚިލާފަށް އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވާނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން

    މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް

    ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން އެއީ ސަރުކާރުގެ ވަޒީފާތައް އިތުރުކޮށްގެން ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކިއްޖެއްޔާ ވަރަށް ނުހަމަ އިގްތިޞާދެއްގެ ވާހަކަ އެއިރުން އެ ދެކެވެނީ. ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން އަންނަން ޖެހޭނީ، ޕްރައިވެޓް ސެކްޓަރގެ ވިޔަފާރި ރަނގަޅުވެ އުފެއްދުންތެރިކަން އިތުރުވެ އަމިއްލަ ފަރާތްތަކުން އުފައްދާ ގިނަ ގުނަ ވަޒީފާތައް އޭގެތެރޭގައި ހިމެނިގެން
    14:27

    ފެނަކައިން ވަޒީފާ ހަމަނުޖެހިގެން މަޖިލީހުގެ ރައީސަށް ފޮނުވި ޝަކުވާ، ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށާއި އެކަމަކު އެކަމާ ގުޅޭގޮތުން ފެނަކައިން ދީފައިވާ ޖަވާބަކީ އެކަށީގެންވާ ޖަވާބެއް ނޫން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި

    މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް

    އަބަދުވެސް އަޅުގަނޑުމެން އެދޭ މިންވަރަކަށް މިކަންކަން ވަމަކުން ނުދޭ. މިއަށްވުރެ އިތުރަށް މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް. އަދި މެންބަރުންގެ ޝައުގުވެރިކަން ވެސް މަޖިލީހަށް ބޮޑަށް ބަހައްޓަވައި އަދި ޚާއްސަކޮށް ރައްޔިތުންގެ ޝައުގުވެރިކަން ވެސް މަޖިލީހަށް ބަހައްޓަވައި، ކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެން މަޖިލީހުން ކުރިއަށްގެންދާ ގޮތް ރައްޔިތުން ވެސް ބަލަމުން ގެންދިޔުން އެއީ އަޅުގަނޑު ދެކޭގޮތުގައި ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ލިބޭ ހިތްވަރަކަށް ވާނެ
    މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް

    2022 ވަނަ އަހަރުގެ ފަހު ދައުރު ނިމިގެން ދިޔައިރު އަޅުގަނޑު ދަންނަވާނީ ގިނަ މަސައްކަތްތަކެއް މަޖިލީހުން ވަނީ ކުރެވިފައި. އެކަށީގެންވާ އަދަދެއްގެ ބިލް އެބަހުރި ނިމިފަ. ވަކިން ޚާއްސަކޮށް ބައެއް ބޮޑެތި މަސައްކަތްތައް، ބިލްތައް މަޖިލީހުން އެބަހުރި ނިންމިފަ