ދިރާގު ކަސްޓަމަރުންނަށް 500 ރުފިޔާއަށް 70 ޖީބީ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.

ހެޔޮ އަގުގައި ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެ ކުންފުނިން ހިންގާ އެ ޕްރޮމޯޝަންގެ ތެރެއިން ލިިމިޓަޑް ޓައިމް އެޑް-އޮންގެ ދަށުން އެ ޑޭޓާ ޕެކޭޖު ނެގޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެއް މަސް ދުވަހުގެ މުއްދަތަށް ހިންގާ އެ ޕްރޮމޯޝަންގައިދިރާގު އެޕްމެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް 'M500' ޖަހާފައި އެސްއެމްއެސް ކޮށްލައިގެންވެސް ޑޭޓާ ނެގޭނެކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުގެ ކޮންމެ ޕްރީޕެއިޑް ކަސްޓަމަރަކަށް ވެސް އޮންނާނެކަމަށެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ވެސް ތައާރަފުކޮށްފައެވެ.

އެގޮތުން:-

  • ދިރާގު ކޮމްބޯ ޕްލޭންސް– މިއީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ.

  • ސަޅި ޕްރީޕެއިޑް ޕްލޭންސް– ކޮންމެ ދުވަހަކު އައުކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު ހަމަވާ ތާރީޚު އިހުތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ އެ ޕްލޭންއާއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
  • މަމެން– ޒުވާނުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްލޭންއަކީ ޑޭޓާ އާއި ވޮއިސް އާއި އެސްއެމްއެސް އެލަވަންސް ބޭނުންގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭންއެކެވެ. މީގެ އިތުރުން މަމެން ކަސްޓަމަރުންނަށް ކްރެޑިޓް އެހެން މަމެން ބޭނުންކުރާ ކަސްޓަމަރުންނަށް ފޮނުވާލެވޭނެއެވެ.