10 Feb 2023, 22:41
މިއަދު ހެނދުނު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ބަޔަކު ގެއްލުންދިނުމުން، އެ ހާދިސާގައި ފުލުހަކަށް އަނިޔާވެއްޖެއެވެ.
ޕޮލިސް ސްޓޭޝަނުގެ ބިއްލޫރި ގަނޑެއްވަނީ ގާބުރިއެއް އެއްލައި ތަޅައިލައިފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ފުލުހަކަށް އަނިޔާވީ، ބިއްލޫރިގަނޑު ތަޅައިލަން އެއްލި ގާބުރި އެތެރޭގައި ހުރި ފުލުހެއްގެ ބޮލުގައި ޖެހިފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.
މިދިޔަ މަހު ވެސް ވަނީ ފުލުހުންގެ ވެހިކަލެއްގައި ރޯކޮށްލައިފައެވެ. އޭގައި ރޯކޮށްލީ ހުޅުމާލޭ އެޗްޑީސީ ބިލްޑިންގް ކައިރީގައި ޕާކުކޮށްފައި އޮއްވައެވެ.
ފުލުހުންގެ ވެހިކަލަށާއި މަގުގައި ހުންނަ ބެރިކޭޑުފަދަ ތަކެއްޗަށް ގަސްތުގައި ގެއްލުން ދިނުމުގެ މައްސަލަތައް އަންނަނީ މަދުން ނަމަވެސް ހިނގަމުންނެވެ.