25 Feb 2023, 00:41
ރާއްޖޭގައި މިހާރު ކުޅޭ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމުން ސީދާ ތިން ސެޓުން ސިންގަޕޫރުގެ ފިރިހެން ވޮލީބޯޅަ ޓީމު ބަލިކޮށްފިއެވެ.
މިރޭ ޔޫތު ސެންޓަރުގައި ކުޅުނު އެ މެޗުގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، އެ މެޗުގެ ފުރަތަމަ ސެޓު ރާއްޖޭން ކާމިޔާބުކުރީ 26-24ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ސެޓު ރާއްޖޭން ކާމިޔާބުކުރި 25-0ގެ ނަތީޖާއަކުންނެވެ. މީގެ އިތުރުން މެޗުގެ ތިންވަނަ ސެޓު ރާއްޖޭން ކާމިޔާބުކުރީ 25-21 ގެ ނަތީޖާއަކުންނެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖެއާޢި ސިންގަޕޫރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ސިޑިބަރި
ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ވަނީ އިއްޔެ ރޭ ކުޅެފައެވެ. އެ މެޗުގައި މެލޭޝިއާގެ ފިރިހެން ވޮލީ ޓީމާ ވާދަކޮށް ރާއްޖެ ބަލިވީ 3-2 ސެޓުންނެވެ. އެ މެޗުގެ ސެޓުތައް މެލޭޝިއާއިން ގެންދިޔައީ 25-20، 25-20، 20-25 އަދި 25-18ގެ ނަތީޖާއަކުންނެވެ.
ފޯ ނޭޝަންސް ކަޕްއަކީ ރާއްޖެއިން ދައުވަތު ދީގެން، ބައިނަލްއަގުވާމީ ޓީމުތައް ބައިވެރިވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ވާދަކުރަނީ މެލޭޝިއާއާއި ސިންގަޕޫރުގެ އިތުރުން އަފްޣާނިސްތާނެވެ.