06 Mar 2023, 08:13
ދެކުނުގެ ބައެއް ރަށްތަކާއި މާލެ އާއި ދެމެދު މުދާ އުފުލާ ބޯޓެއް ކަމަށްވާ އައްޑޫ ސިޓީ ހިތަދޫ އާގަލާ ބޯޓުގައި ރޯވެ އެކަކު ގެއްލިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބުނީ ރޭ 2:47 ގައި ކަމަށެވެ.
އަލިފާން ރޯވުމާއެކު ދޯނީގައި ތިބި މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ.
ބޯޓުގައި ތިބީ ޖުމްލަ 15 މީހުން ކަމަށާއި އޭގެތެރެއިން 14 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އެ ބޯޓުގައި ތިބި 15 މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހީންނާއި ބަންގްލަދޭޝްގެ ފަސް މީހުންނާއި އިންޑިއާގެ ފަސް މީހުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ބޯޓުން ކަނޑައަށް ފުންމާލި މީހުންގެ ތެރެއިން މިހާތަނަށް ނުފެނި ވަނީ އިންޑިއާގެ މީހެއް ކަމަށެވެ.