ދިރާގުގެ 'ގުޑި ފެސްޓް'، މިއަދު ހުޅުމާލޭގައި ބާއްފައިފިއެވެ.

މި ހަރަކާތް ދިރާގުން ބާއްވާފައިވަނީ އާބަންކޯއާ ގުޅިގެން ހުޅުމާލޭގެ އިންޓާކަނެކްޝަން ބްރިޖް ހަތަރެއް ހުންނަ ސަރަހައްދުގައެވެ. މި ހަރަކާތް ބާއްވާފައިވަނީ ހުކުރު ދުވަހުގެ ހަވީރެވެ.

މި ހަރަކާތަށް ބޮޑު ތަރުބެޚީއް ލިބިފައިވާއިރު މި މަހުގެ ދެވަނަ ދުވަހު މާލެ ސިޓީ ކައުންސިލާ ގުޅިގެން މާލޭގެ އުސްފަސްގަނޑުގައި ވެސް 'ގުޑި ފެސްޓް' ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ހަރަކާތަށް ވެސް ބޮޑު ތަރުޚީބެއް ލިބިގެން ގޮސްފައިވެއެވެ.

ދިރާގުން ބުނީ ގުޑިފެސްޓް މެދުވެރިކޮށް އެ ކުންފުނިން އުއްމީދު ކުރަނީ މި ބަރަކާތްތެރި ރަމަޟާން މަހު، ޒަމާންވީ ސަގާފީ އާދަކާދަތަކަށް ކުދިންގެ ޝައުގުވެރިކަން އިތުުރުކޮށް އާލާ ކުރުން ކަމަށެވެ.

މި ހަރަކާތުގައި ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ދީފައިވާއިރު އެކި ވައްތަރުގެ ގުޑި ވެސް ދިރާގުން ވަނީ ބަހައިފައެވެ.

މި ރަމަޟާން މަހަށް ޚާއްސަކޮށް ދިރާގުން ދަނީ ހިތްގައިމު ހަރަކާތްތަކާއި އޮފާތައް އާންމުންނަށް ގެނެސްދެމުންނެވެ. އެގޮތުން ދިރާގުގެ "ރޯދަ ހަދިޔާ ޝޮޕް"، ހަފުތާގެ 'ބޮޑު ހަދިޔާ" އަދި "ބޯނަސް މެގަ ހަދިޔާ" ގެ ނަމުގައި ދިރާގުގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެ މީހެއްގެ އުމުރާ ދަތުރެއް ހޯދުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.