29 Apr 2023, 19:03
ފޭދޫ ފިނޮޅު ކައިރިން ދަތުރުކުރަމުން ދިޔަ ދެ ލޯންޗެއް ޖެހި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާ މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޭދޫ ފޮނޮޅު ކައިރިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓް މައުލޫމާތު ފުލުހަށް ރިޕޯޓް ކުރީ މިއަދު 16:42 ހާއިރު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓްގައި އުމުރުން 53 އަހަރުގެ މީހަކަށް އަނިޔާ ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށެވެ.
މި ނުރައްކާތެރި އެކްސިޑެންޓުގައި އެމީހާއަށް ލިބުނު އަނިޔާ ތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
"މި އެކްސިޑެންޓްގައި އަނިޔާ ލިބުނު އުމުރުން 53 އަހަރުގެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހަށް މައުލޫމާތު ދީފައިވޭ،" އޮފިޝަލް ވިދާޅުވިއެވެ.